ޚަބަރު ރާއްޖެއަކީ ކުޑަ ޤައުމެއްނޫން، އިންވެސްޓްކުރަން ވަރަށް ފަހި، ފުރުސަތުތައް އޮތް ޤައުމެއް: ރައީސް

ރާއްޖެއަކީ ކުޑަ ޤައުމެއްނޫން، އިންވެސްޓްކުރަން ވަރަށް ފަހި، ފުރުސަތުތައް އޮތް ޤައުމެއް: ރައީސް

ރާއްޖެއަކީ ކުޑަ ޤައުމެއްނޫން، އިންވެސްޓްކުރަން ވަރަށް ފަހި، ފުރުސަތުތައް އޮތް ޤައުމެއް: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ޤައުމެއް ނަމަވެސް ބޭރުގެ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް އޮތް ބޮޑު މާކެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި މި ފޯރަމުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅެނީ ފަސް ލައްކައެއްހާ ރައްޔިތުން ކަމަށް ވިޔަސް، އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާތީ ރާއްޖޭގެ ބާޒާރުގެ ނިސްބަތް ކުޑަނޫން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރާއްޖޭގެ ކާނާގެ ރައްކާތެރިކަމާއި ސަޕްލައި ޗޭނަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، ޒަމާނީ ފުޑް ޕްރޮސެސިންގ އަދި ދަނޑުވެރިކަމުގެ އައު ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ދަޢުވަތު ދެއްވިއެވެ. މީގެއިތުރުން ސިނާއީ މަސައްކަތްތަކާއި، އިމާރާތްކުރުމާއި، ތަޢުލީމީ އަދި ސިއްހީ ދާއިރާއިން ވެސް އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކޮށް ގުޅުން ބަދަހިކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންއިން ވަރަށް އަވަހަށް ޕާކިސްތާނުގެ ކަރާޗީއަށް ސީދާ ދަތުރުތައް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނު ކުރައްވާފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖެ - ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.