ޚަބަރު

މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީ ހިތަދޫ ކައިރިއަށް މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ސ. ހިތަދޫ އިން ފުރައިގެން މަސް ހިފަން ދިޔަ ޑިންގީ އަކުން މަސް ހިފަން ފޭބި ދެމީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ސައުތަން އޭރިއާގެ ކޯސްޓް ގާޑު ސްކޯޑަން އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 11:32 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ އިތުރު ތަފްސީލު އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close