ޚަބަރު އިންޑިއާއަށް ދާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި

އިންޑިއާއަށް ދާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާއަށް އެތެރެވާ ބޭރު ގައުމުތަކުގެ ރައްޔިތުން ގޭގައި ނުވަތަ ހޮޓަލުގައި ހަތް ދުވަހު ކަރަންޓީން ވާން ޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.
އިންޑިއާ ސަރުކާރުން އާންމު ކުރި އުސޫލުގައިވާ ގޮތުން އަންނަ ހޯމަ ދުވަހުން ފެށިގެން މި އުސޫލަށް އަމަލު ކުރަން ފަށާނެއެވެ.

އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ މީގެ ކުރިން ވެސް އިންޑިއާއިން އަމަލު ކުރަމުން އައި އުސޫލާއި އެއްގޮތަށް މިހާރު ވެސް، 72 ގަޑިއިރުގެ ޕީސީއާރު ނައްސި ނަތީޖާއެއް ހުށަހެޅުމާ އެކު، ދަތުރު ކުރުމުގެ 14 ދުވަހުގެ ތެރޭގައި އެ މީހަކު ކުރި ދަތުރުތަކުގެ މައުލޫމާތުތައް “އެއާ ސުވިދާ” ޕޯޓަލްއަށް ހުށަހަޅަން ޖެހޭކަމަށެވެ. އަދި ސެލްފް ޑިކްލަރޭޝަން ފޯމު ވެސް އެ ޕޯޓަލަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އިންޑިއާއަކީ ދެވަނައަށް އެންމެ ގިނައިން ކޮވިޑުގެ ފައްސި ވޭދަނަތައް ރިޕޯޓު ކުރާ ގައުމެވެ. މިވަގުތު ބަލި އެންމެ ބޮޑަށް ފެތުރެނީ މުމްބާއީއާއި ދިއްލީގައެވެ.

ޓެގް

ކޮވިޑް-19 އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.