ޚަބަރު

ރޯދަ އިނާޔަތް ނުލިބޭނަމަ، މައްސަލަ ހުށަހެޅުމަށް އެދިއްޖެ


ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރަމަޟާންމަހުގެ ޢިނާޔަތް ނުލިބޭ ކަމުގައިވާނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅުމަށްއެދިއްޖެއެވެ.

އެ އޮތޯރިޓީންވަނީ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫގައި ކަނޑައަޅާފައިވާ 3،000 ރުފިޔާ ނުލިބޭ ކަމުގައިވާނަމަ، އެމައްސަލަ އެއޮތޯރިޓީއަށް ހުށަހެޅުއްވުމަށް ދަންނަވާފައެވެ. މައްސަލަ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން އެ އޮފީހުގެ ވެބްސައިޓަށް ޒިޔާރަތް ކުރައްވައި، ނުވަތަ އޮތޯރިޓީއަށް ވަޑައިގެން މައްސަލަ ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ.

ވަޒީފާދޭ ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެމުން ނުދާކަން ބައެއް ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ. ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ ޢިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް އެޢިނާޔަތް ދެމުން ނުދާކަންވެސް ވަނީ ފާހަގަވެފައެވެ.

ވަޒީފާއާއިބެހޭ ޤާނޫނުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ. މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު ފައިސާ ދޭންޖެހެނީ ހަމައެކަނި އަސާސީ ވަޒީފާ އޮންނަ އޮފީހަކުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close