ސުވާލު:
މައްޔިތާއަށް 7 ދުވަސްވުމުން ކުރެވިދާނެކަމެއް އޮވޭތޯއެވެ؟ މިހެން މިދަންނަވާލަން ޖެހުނީ މައްޔިތާއަށް 7 ދުވަސްވާ ދުވަހު ނުވަތަ 40 ވާ ދުވަހު އެ ގެއެއްގައި ކައްކާ ޞަދަޤާތް ކުރަމުން އަންނަތަން އިހުޒަމާނުއްސުރެ ފެންނަމުން އަންނާތީއެވެ.
މިކަމުގައި އޮތް ރަނގަޅު މޮޅުއިތުރު ގޮތަކީ ކޮބައިތޯއެވެ؟
ޖަވާބު:
ވަކި ދުވަހެއްވީމަ ކުރާނެ ވަކި ޚާއްޞަ ކަމެއް ނޯވެއެވެ. އަބަދުވެސް ހެޔޮދުޢާކޮށްދޭންވީއެވެ. އަދި މައްޔިތާގެ ނަމުގައި ޞަދަޤާތްކުރުން ގިނަކުރަންވީއެވެ.
ޖަވާބު ދެއްވީ:
ޑރ.މުޙައްމަދު އިޔާޒް ޢަބުދުއް ލަތީފް
ކޮމެންޓް (0)
ލޯޑް ކުރަމުން...