ޚަބަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވެއްޖެ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު، މެޔަށް ތަދެއް އަރައި، ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ.މަޑަވެލި ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމީހާގެ މަރާގުޅިގެން މަޑަވެލީގައި ވަނީ ރައްޔިތުން ނުކުމެ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރަނީ ފުލުހުން އެމީހާއަށް އަނިޔާކޮށް މަރާލީ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށާއި އެ ލޯންޗުގައި އާންމުން ވެސް ތިބި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ މަރުވި ސަބަބު ދެނެގަތުމަށްޓަކާ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހިއްސާކޮށް ތަހުގީގުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ.

ޓެގް

ޕޮލިސް މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.