އަޕާ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް އެކްސްޕްލޮއިޓްކުރި ކަމުގެ ތުހުމަތުގައި ނުވަ ދިވެހިއަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
މި މައްސަލައިގެ ތަހުގީގު ފެށުނީ އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ބަލަމުން ދަނިކޮށް، އެ ރަށުގައި ކުޑަކުދިންތަކަކަށް ވެސް ޖިންސީ ގޯނާކޮށް ގޯނާގެ ޝިކާރައަކަށް ހަދާފައިވާކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމެކެވެ. މައްސަލައިގެ ފުޅާ ތަހުގީގެއް ހިންގުމަށްޓަކައި މާލެއިން ހާއްސަ ފުލުހުންގެ ޓީމެއް އެ ރަށަށް ފޮނުވައިގެން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ރާއްޖޭގައި ޖިންސީ އަނިޔާއާއި ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި މި އަހަރުގެ މިހާތަނަށް އެފަދަ 221 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...