ޚަބަރު ދައުލަތުން ހޭދަކުރާ ކޮންމެ ލާރިއެއް އަމާނާތްތެރިކަމާއި އެކު ބެލެހެއްޓެންޖެހޭ: މާލީ ވަޒީރު

ދައުލަތުން ހޭދަކުރާ ކޮންމެ ލާރިއެއް އަމާނާތްތެރިކަމާއި އެކު ބެލެހެއްޓެންޖެހޭ: މާލީ ވަޒީރު

ދައުލަތުން ހޭދަކުރާ ކޮންމެ ލާރިއެއް އަމާނާތްތެރިކަމާއި އެކު ބެލެހެއްޓެންޖެހޭ: މާލީ ވަޒީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދައުލަތުގެ ބަޖެޓުން ކުރާ ކޮންމެ ޚަރަދަކީ އެންމެ މަތީ ދަރަޖައިގެ އަމާނާތެއްގެ ގޮތުގައި ބަލައި، ޒިންމާދާރުކަމާއެކު ހިސާބުކުރަންޖެހޭނެ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސީ.އޭ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ޚާއްސަ ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ހަމައަށްދާއިރު ގައުމު ފުރިހަމައަށް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދެން އޮތީ ހަރުދަނާ މާލީ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

މިނިވަން މުއައްސަސާތަކާއި ސައްހަ މާލީ މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިތުބާރު ހޯދުމަށް ދެފުށް ފެންނަ ރިޕޯޓިން ނިޒާމެއް އޮތުން ކޮންމެހެން ބޭނުންވާ ކަމަށާއި އޭގެ ސަބަބުން ޓެކުހަށް މަކަރުހެދުމުގެ ފުރުސަތުތައް ބަންދުވެގެންދާނެ ކަމަށެވެ.

ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ވަސީލަތްތަކަށް އެކައުންޓަންޓުން އަހުލުވެރިވުމަށް ގޮވާލައްވަމުން، ޓެކްނޮލޮޖީ ކިތަންމެ ކުރިއަރައިދިޔަ ނަމަވެސް އިންސާނީ ނަޒާހަތްތެރިކަމާއި ފަންނީ ޒިންމާދާރުކަން ބަދަލުނުކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މާލިއްޔަތުން ހޭދަކުރާ ކޮންމެ ރުފިޔާއަކީ ރައްޔިތުންނަށް ޖަވާބުދާރީވެވޭ ފަދަގޮތަކަށް ބެލެހޭޓޭ އެއްޗަކަށް ހެދުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާއި ޔުނިވަރސިޓީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޓެގް

މާލީއިދާރާ މާލީ ވަޒީރު ޙަސަން ޒަރީރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.