މަޖިލީހުގެ މުޅި ތާރީޚްގައި ވެސް އެންމެ ޚުދުމުހުތާރު މީހަކީ، ރައީސް ނަޝީދު: ރޮޒޭނާ
ރައްޔިތުންގެ މަޖިލީހުގެ މުޅި ތާރީޚްގައި ވެސް މަޤާމުގައި ހުންނެވި އެންމެ ޚުދުމުހުތާރު މީހަކީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދުގެ ޚުދުމުހުތާރު ކަމުގެ ވާހަކަ ނުދައްކާ ދެން ތިބެވޭކަށް ނެތް ކަމަށެވެ. އަދި މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި އޮންނަވަރު ބާރެއް ލިބިވަޑައިގަންވާ ބޭފުޅެއް ނޫން ކަމަށާއި ރިޔާސަތުން ކަންތައް ކުރާ ގޮތުން މަޖިލީހުގައި މަސައްކަތް ކުރަން ވެސް އުދަނގޫ ވެފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ ވާަހަކަތަކަށް ރައްދުދެއްވައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، ރޮޒައިނާ ކޯފާ އިސްކުރައްވަނީ ޖީއެސްޓީ ބޮޑުކުރުމުގައި މާހިރުންގެ ޚިޔާލާ މަޝްވަރާ ހޯދަން ރައީސް ނަޝީދު ވިދާޅުވާތީ ސުވާލު ކުރައްވާފައެވެ.
” ރޮޒައިނާ މެންނާ އިދިކޮޅުވާހާ މެންބަރުން ސިފައިން ވައްދައިގެން ނުނެރޭތީތޯ ތިޔަހެން ތިޔަ ވިދާޅުވަނީ.؟ ނޫނީ ޖީއެސްޓީ ބޮޑުކުރުމުގައި މާހިރުންގެ ޚިޔާލާ މަޝްވަރާ ހޯދަން ރައީސް ނަޝީދު ވިދާޅުވާތީތޯ ތިހާ ކޯފާއެއް އިސްކުރައްވަނީ.؟ “
ސަރުކާރުން ނިންމާފައި ވަނީ ގާނޫނަށް ބަދަލު ގެނެސްގެން ޓެކްސް ބޮޑު ކުރާށެވެ. މަޖިލީހުގައި ތިއްބަވާ ރައީސް ނަޝީދުގެ ފެކްޝަނުގެ ބައެއް މެންބަރުންނާއި އިދިކޮޅުން ގެންދަވަނީ ޓެކްސް ބޮޑު ކުރަން ދެކޮޅު ހަދަމުންނެވެ.
ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން، އިދިކޮޅު ޕީޕީއެމާއި ނަޝީދުގެ ފެކްޝަންގެ މެމްބަރުންނާއި ހޫނު ޒުވާބު ކުރަމުން ދިޔައިރު ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓުމަކީ ވާޖިބު ކަމެއް ކަމަށާއި ވަކި ސަރުކާރަކަށް ފަހިވާ ގޮތަށް އިޖުރާއަތުތައް ހިންގުމަކީކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ސަރުކާރުން ބޭނުން ވަނީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރާށެވެ.

