ޚަބަރު

މުޒާހަރާތައް ކުރިއަށްގެންދިއުމުގައި، އަދުރޭ ގެންގުޅޭ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގޭ – ހޯމް މިނިސްޓަރ

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މުޒާހަރާތައް ކުރިއަށްގެންދިއުމުގައި ގެންގުޅޭ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު އިމްރާން މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ މިއަދު އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ހުއްޓުވައި މުޒާހަރާއަށް ޖާގަ ނުދޭނެކަމަށް ބުނެ އިންޒާރު ދީފައި ވަނިކޮށްވެސް ގިނަ ބަޔަކު ނިކުމެ މުޒާހަރާ ކޮށްފައިވަނިކޮށެވެ.

މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިން ހޯމް މިނިސްޓަރ އިމްރާން ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close