ޚަބަރު

ނ.މާފަރުގައި އެކްސްކަވޭޓަރެއް ބަންޑުން ޖަހާލައިގެން މީހަކު މަރުވެއްޖެ

ނ.މާފަރުގައި އެކްސްކަވޭޓަރެއް ބަންޑުން ޖަހާލައިގެން މީހަކު މަރުވެއްޖެއެވެ.

މި ހާދިޘާގައި ނިޔާވެފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރު ކަމަށް މައުލޫމާތު ލިބެއެވެ.

މި މީހާއަކީ އިންޑިޔާއަށް ނިޞްބަތްވާ މީހެއްކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މާފަރު ކައުންސިލްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އެ މީހާގެ ހަށިގަނޑު މިހާރު އޮތީ އެ ރަށު ޞިއްހީ މަރުކަޒުގައެވެ. މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައިކަމަށް މައުލޫމާތު ލިބެއެވެ.

އެމްޓީސީސީގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާ މި ޑްރައިވަރަކީ މާފަރު އެއާރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތަށް އެ ރަށަށް ދިޔަ މުވައްޒަފެކެވެ.

މީގެ ކުރިންވެސް މާފަރު އެއާރޕޯޓް ޕްރޮޖެކްޓްގެ ތެރެއިން 2 މީހަކު ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close