ޚަބަރު

ކިންގް އަބްދުލްއަޒީޒު އިންޓަނޭޝަނަލް ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސަޢުދި އަރަބިއްޔާގައި ބާއްވާ 43 ވަނަ ކިންގް އަބްދުލްއަޒީޒު އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ މުބާރާތަކީ ސައުދީ އަރަބިއްޔާގެ މައްކާގައި އަންނަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތެކެވެ.

އެ މުބާރާޔުގައި ރާއްޖެއިން ބައިވެރިވުމަށް ލިބިފައިވަނީ ދެ ފުރުސަތެވެ. އެގޮތުން މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހަތަރު ކަމެއް ފާހަގަކޮށްފައިވެއެވެ.

އެއީ:

  1. ޤުރުޢާން އެއްކޮށް ހިފްޒުކޮށްފައިވުމާއެކު، ރިވާޔަތާއި ދިރާޔަތާއެކު ޝާތިބިއްޔާ އާއި ތައީސީރުގެ މަގުން ތަވާވުރުވެގެންވާ 7 ޤިރާއަތަށް ކީރިތި ޤުރުޢާން ތަޖުވީދުގެ މަގުން ކިޔަވަން އެނގުން
    2، މުޅި ޤުރުޢާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ޤުރުޢާނުގެ މުފްރަދާތުތަކުގެ ތަފްސީރު އެނގުން
    3، މުޅި ޤުރުއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ކީރިތިޤުރުޢާން ތަޖުވީދުގެ މަގުން ކިޔެވުން
    4، ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައިވުމާއި އެކު ތަޖުވީދުމަގުން ކިޔެވުމުގެ ގޮފި
    ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ އެ މުބާރާތުގައި ކުރިން ބައިވެރިވެފައިވާ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވެވެނީ ހަމައެކަނި 25 އަހަރު ނުވާ ފިރިހެނުންނަށްކަމަށްވެސް ބުނެފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތަތަކުން ސިޓީ އާއި ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ އަދި ޝަރުތު ހަމަވުމަށް ބޭނުންވާ ލިޔުންތައް އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅަން ޖެހޭނެއެވެ.

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ އެ މުބާރާތުގައި ބައިވެރިކުރާނެ ދެ ބައިވެރިން ހޮވާނީ އެކަމަށް އެދި ހުށައަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައިކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close