ނިމިދިޔަ ރިޔާސީ އިންތިޚާބަށް ވުރެ ފަސޭހަކަމާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕީއެންސީގެ އެންމެހައި މެންބަރުން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފި އެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުންނަށް ފުރިހަމަ ފުދުންތެރިކަމާއި އަމާންކަން ގެނެސްދިނުމަށްޓަކައި އެއް ވެރިއަކު މަދުވެގެން 10 އަހަރު ވެރިކަމުގައި ހުންނަންޖެހޭ ކަމަށެވެ. އެހެންކަމުން މި ކޮންގްރެސް ނިންމާލަންވާނީ 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރުމުގެ ވަރުގަދަ ޢަޒުމުގައި ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، ރައީސް މުޢިއްޒަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކުރެއްވުމުގައި ސާބިތުވެ ހުންނެވި ލީޑަރެއްކަން ފާހަގަކުރައްވައި، ޤައުމު ބިނާކުރުމަށް އެމަނިކުފާނަށް އިތުރު ފުރުޞަތެއް ދިނުން މުހިންމު ކަމަށް ވިދާޅުވި އެވެ.
އަދި ޕީއެންސީގެ މެންބަރުންގެ އަދަދު 3،000 އިން 80،000 އާ ގާތަށް އިތުރުވެގެން ދިޔައީ ޕާޓީން އަބަދުވެސް ޤައުމީ މަސްލަޙަތު އިސްކުރާތީ ކަމަށްވެސް ޢަބްދުއްރަޙީމް ފާހަގަކުރެއްވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...