ޚަބަރު އެލްޖީއޭ ބޯޑުގެ ގޮނޑިތައް ޕީއެންސީން ކާމިޔާބުކުރުމަކީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރުގެ ހެއްކެއް: ރައީސް މުއިއްޒު

އެލްޖީއޭ ބޯޑުގެ ގޮނޑިތައް ޕީއެންސީން ކާމިޔާބުކުރުމަކީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރުގެ ހެއްކެއް: ރައީސް މުއިއްޒު

އެލްޖީއޭ ބޯޑުގެ ގޮނޑިތައް ޕީއެންސީން ކާމިޔާބުކުރުމަކީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރުގެ ހެއްކެއް: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކުރެއްވުމަކީ، މި ސަރުކާރުގެ ސިޔާސަތުތަކާއި ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވައި ކާމިޔާބީ ހޯއްދެވި ދެ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވައި ރައީސް އެކްސްގައި ޝާއިޢުކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ނަތީޖާއިން ރަމްޒުކޮށްދެނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ތާއީދުކުރާ މިންވަރު ކަމަށެވެ.

މި އިންތިޚާބުގައި އެލްޖީއޭ ބޯޑަށް ހޮވިވަޑައިގެންނެވީ ރަށު ކައުންސިލްތަކުގެ ތެރެއިން ވާދަކުރެއްވި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދުގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ވާދަކުރެއްވި ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއެވެ.

ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި އެންމެހާ ކައުންސިލަރުންނަށާއި އ.ތ.މ. ކޮމިޓީތަކުގެ މެންބަރުންނަށް ރައީސް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި އިންތިޚާބުގެ ކެމްޕޭނުގައި ހަރަކާތްތެރިވި ޕާޓީގެ ލީޑަރޝިޕާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދާއިރާތަކުގެ އިސް ޒިންމާދާރު ފަރާތްތަކުން ކުރެއްވި ބުރަ މަސައްކަތްޕުޅުވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި އިންތިޚާބުގައި ވަރަށް ބޮޑު ތަރުޙީބެއް ފެނިގެންދިޔައިރު، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 807 މީހުންގެ ތެރެއިން 706 މީހަކު ވަނީ ވޯޓު ދީފައެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 87.5 އިންސައްތައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުން، އެލްޖީއޭގެ ބޯޑުގައި ކައުންސިލްތައް ތަމްސީލުކުރުމަށް ތިން މަޤާމެއް ކަނޑައަޅާފައިވެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ތަމްސީލުކުރައްވާ މެންބަރެކެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.