ޚަބަރު ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓް 20 ގައި ޢާއްމުކުރާނެ

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓް 20 ގައި ޢާއްމުކުރާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް މިމަހުގެ 20 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އަޙްމަދު އަކްރަމް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ ވޯޓާސްލިސްޓް އާންމު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހު ލިސްޓް އާންމު ކުރައްވާނެ ކަމަށެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް 10 ދުވަސް ލިބޭނެ ކަމަށްވެސް އަކުރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް ފައިނަލް ކުރުމަފަހު، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ރީ-ރަޖިސްޓްރޭޝަން އަށް ހުޅުވާލާނެ ތާރީޚެއް އަކްރަމް ވިދާޅެއްނުވެ އެވެ.

މީގެ ކުރިންގެ އިންތިހާބުތަކާއި ދިމާކޮށް އާންމުކުރާ ވޯޓާސް ލިސްޓްތަކުގައި މަރުވެފައިވާ މީހުންގެ މައުލޫމާތު ހުންނަކަމުގެ ޝަކުވާ ކުރެވެެއެވެ. އެހެންކަމުން މިފަހަރުގެ ވޯޓާސް ލިސްޓް އާންމު ކުރާއިރު ބަލަންޖެހޭ ކަންކަން އީސީ އިން ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބުކުރުމަށް ވަނީ ނިންމާފަ އެވެ.

ޓެގް

އެލެކްޝަންސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.