ޚަބަރު ފުނަދޫ ތެޔޮ ޝެޑުގައި ގޮވުންތަކަކާއެކު ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައި، އިމާރާތްތައް ހުސްކޮށްފި

ފުނަދޫ ތެޔޮ ޝެޑުގައި ގޮވުންތަކަކާއެކު ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައި، އިމާރާތްތައް ހުސްކޮށްފި

ފުނަދޫ ތެޔޮ ޝެޑުގައި ގޮވުންތަކަކާއެކު ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައި، އިމާރާތްތައް ހުސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހެނދުނު ބާރުގަދަ ގޮވުންތަކަކާއެކު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު ހެނދުނު 8:15 ހާއިރު ހިނގި މި ހާދިސާގައި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، މުޅި ރަށު ތެރެއަށް ބޯ ދުންގަނޑު ވަނީ އަރައިގެން ގޮސްފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށު ސްކޫލުގެ ކިޔެވުން މިއަދަށް މެދުކަނޑާލައި ބަންދުކޮށްފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލިފާންގަނޑު އަދިވެސް އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެ ސަރަހައްދުގައި ހުރި ހަތަރު ގެޔަކަށާއި ފަސް ވޯކްޝޮޕް ނުވަތަ ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރު ފޯރާފައެވެ. ނަމަވެސް، ނުރައްކާ ބޮޑު ސަރަހައްދުގައި ހުރި ގެތަކުން މީހުން ވަގުތުން ހުސްކޮށްފައިވާތީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ހުޅުގަނޑު ނިއްވުމުގެ މަސައްކަތުގައި ފުނަދޫ އެއާޕޯޓުގެ ފަޔާ ފައިޓަރުންނާއި، ފުލުހުންގެ އިތުރުން ރަށުގެ އާންމު ރައްޔިތުން އަންނަނީ އިސްނަގައިގެން ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހާލަތު ކޮންޓްރޯލް ކުރުމަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ފަޔާ ޓީމު ކުޅުދުއްފުށިން ފުރައިގެން މިހާރު ދަނީ ފުނަދޫއަށް ދަތުރުކުރަމުންނެވެ.

މި ތެޔޮ ޝެޑުގައި އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، ފުލުހުންނާއި ސިފައިން ދަނީ ހާލަތު އިތުރަށް މޮނީޓަރުކޮށް، ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ޓެގް

އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.