ސައޫދީ ވަލީއަހުދުގެ ދައުވަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރިޔާޒަށް ވަޑައިގެންފި
ސައޫދީ ވަލީއަހުދުގެ ދައުވަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރިޔާޒަށް ވަޑައިގެންފިއެވެ.
ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ރިޔާދު ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް މުހައްމަދު ބިން އަބްދުއްރަހްމާން ބިން އަބްދުލްއަޒީޒާއި ޕާކިސްތާނަށް ކަނޑައަޅާފައިވާ ސައުދީ ސަފީރު ނަވާފް ބިން ސައިދު އަލް މަލްކީ އާއި ޕާކިސްތާނުގެ ސަފީރު އަމީރު ޚުރާމް ރާތޫރެވެ.
މީގެ ކުރިން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރައްވާ ކަމަށާއި އެދަތުރުފުޅުގެ ތެރެއިން އެފްއައިއައިގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
“ދުނިޔޭގެ އިގްތިސާދުގެ މިހާރުގެ ހާލަތަށް ބޭނުންވަނީ ދެބަސްވާ ކަންކަމުން އަރައިގަނެ އާ މަގުތަކެއް ހެދުމަށް އާ ވިސްނުމަކާއި ކެރިގެން ތަސައްވުރެއް،” ޝަރީފް ޓްވިޓާގައި ލިޔުއްވާފައިވެ އެވެ.
“ދުނިޔޭގެ ރިސެޝަންގެ ނުރައްކާ އިގްތިސާދުތަކަށް ކުރިމަތިވެދާނެތީ ބޮޑެތި ކަންބޮޑުވުންތަކެއް އެބައޮތް. ކޮވިޑް-19ގެ ބަލިމަޑުކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގެ ސަބަބުން މިހާރުވެސް ތަރައްގީވަމުން އަންނަ ގައުމުތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ. ހައި ޓައިމް ދުނިޔެއިން ފުންވަމުންދާ ގޮންޖެހުންތަކަށް ހައްލުތައް ހޯދީ ކެންޑިޑް ޑައިލޮގް މެދުވެރިކޮށް،” އޭނާ އިތުރަށް ވިދާޅުވި އެވެ.


