ފޭސްބުކް ލައިވްގައި ބަޑިޖަހައި ފިރިމީހާ މަރާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އެމެރިކާގެ ހުޅަނގު ހިސާބެއްގައި އޮންނަ ސެޓޭޓެއްކަމުގައިވާ މިސިސިޕީގެ އަންހެނަކު ފޭސްބުކް ލައިވްގައި ބަޑިޖަހައި އޭނާގެ ފިރިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ. ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން އެސްޓޭޓްގެ ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ.
އޮފިޝަލުންގެ އެ ބަޔާނުގައި ބުނި ގޮތުގައި އެ ހާދިސާ ހިނގީ ދެމަފިރިންގެ މެދުގައި ހިންގި ޒުވާބަކަށްފަހު އަންހެންމީހާ ރުޅިގަދަވެގެން އުމުރުން 28 އަހަރުގެ އޭނާގެ ފިރިމީހާ ގަޔަށް ބަޑިޖެހުމުންނެވެ.
މިހާދިސާގައި މަރުވެފައިވާ މީހާގަޔަށް ބަޑިޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އެ ހާދިސާ ވަނީ ފޭސްބުކް ލައިވް އިން ފޮޓޯ ނަގާފައެވެ. އެކަންވަނީ ފުލުހުން ކަށަވަރު ކޮށްދީފައެވެ.
ހާދިސާ ހިނގި ތަނަށް ފުލުހުންނަށް އާދެވުމުން އެނގުނީ ޝިކާރައަކަށް ވެފައިވާ މީހާ މަރުވެފައި ވަނބަޑިޖެހުމުގެ ސަބަބުންކަމެވެ. އެހާދިސާގައި ބޭނުންކުރި ބަޑި ހިމެނޭ ގޮތަށް ހެކިތައް ފެނިފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.
ބްރައުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އޭނާގެ މައްޗަށް ވަނީ މަރުގެ ދައުވާ އުފުލާފައެވެ. ލޯންޑެސް ކައުންޓީ އެޑަލްޓް ޑިޓެންޝަން ސެންޓަރަށް ބުކްކޮށްފައިވާއިރު، މިވަގުތު މުއްތަދު ޖަހާފައެއް ނުވެ އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ދެމަފިރިންގެ ދެމެދު ގެވެށި އަނިޔާގެ ތާރީހެއް އޮތެވެ. ލޯންޑެސް ކައުންޓީގެ ޝެރިފް އެޑީ ހޮކިންސް ވަނީ މި މަރުގެ މައްސަލަ ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވާ ، މަރުވި މީހާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.
މި ހާދިސާއިން އެނގެނީ އެމެރިކާގައި ހިނގަމުންދާ ގެވެށި އަނިޔާގެ މައްސަލަތައް އޮތްމިންވަރެވެ. ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވެސް ވަނީ މިފަދަ ހާދިސާތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމުގައި އެ ޕްލެޓްފޯމްތަކުން އަދާކުރާ ދައުރާ މެދު މިހާރުވަނީ ފާރަވެރިވާން ޖެހިފަ އެވެ.




