ޚަބަރު

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކީ ރިޝީ ސުނަކް ކަން ކަށަވަރު ވެއްޖެ


އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް ދެން ވަޑައިގަންނަވާނީ ރިޝީ ސުނަކް ކަން ކަށަވަރު ވެއްޖެއެވެ

އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރަކަށް ރިޝީ ސުނަކް ވެވަޑައިގަންނަވާނީ މިދިޔަ ހަފުތާގައި ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އުފެދުނު ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑާޝިޕް ގެ ވާދަވެރިކަން ކާމިޔާބު ކުރެއްވުމަށް ފަހުއެވެ.

ސުނާކް ހޯމަ ދުވަހު ކާމިޔާބު ކުރައްވާފައި މިވަނީ ޓެކްސް ކަނޑާލުމުގެ ނުބައި ޕްލޭންތަކާއި ޕޮލިސީ ބަދަލުތަކާއި ގުޅިގެން ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެން އިނގިރޭސި ވިލާތް ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. އިޤްތިޞާދީ ގޮތުން ކުރިމަތިވި ހީނަރުކަމުގެ ސަބަބުން ބޭންކް އޮފް އިންގްލޭންޑުން ވެސް އިޤްތިޞާދުގެ ތެރެއަށް ވަނީ ވަދެފައެވެ. މިއީ ވަރަށް މަދުން ނޫނީ ވާ ކަމެއް ނޫނެވެ.

ސުނާކްގެ ހަމައެކަނި ވާދަވެރިޔާ، ހައުސް އޮފް ކޮމަންސްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ޕެނީ މޯޑަންޓަށް 30 މެމްބަރުން ތާއީދު ކުރެއްވި އިރު، ސުނާކަށް ގާތްގަނޑަކަށް 150 އެއްހާ މެމްބަރުން ތާއީދު ކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮރޯނާވައިރަހުގެ ލޮކްޑައުންގެ ތެރޭގައި މުނިފޫހިފިލުވި ޕާޓީތަކާ ގުޅުން ހުރި ބޮޑެތި ހިޔާނާތްތަކާ ގުޅިގެން ޖުލައި މަހު އޭރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވަން މަޖުބޫރުވުމާ ގުޅިގެން އާ ލީޑަރަކު އައްޔަން ކުރުމުގެ ރޭހުގައި ސުނަކް އާއި މޯޑަންޓް ވަނީ ޓްރަސް އަތުން ބަލިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close