ޚަބަރު

ގުރޭޑް 1 ގެ ޤުރްއާން ފޮތުގައިވާ ސޫރަތެއްގައި މައްސަލަތަކެއް

ގުރޭޑް 1 ގެ ޤުރްއާން ފޮތުގައިވާ ސޫރަތެއްގައި މައްސަލަތަކެއް ހުރިކަން ސްކޫލުގައި ކިޔަވާ ދަރިވަރަކަށް ފާހަގަވެ، އެކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފިއެވެ.

މައްސަލަ ފެނިފައިވަނީ ގުރޭޑް 1 ގެ ޤުރްއާން ފޮތުގައި ހިމެނޭ ނަބައި ސޫރަތުގައެވެ. އެސޫރަތުގެ ވަކި ހިސާބަކުންވަނީ އެހެން ސޫރަތެއްގެ އާޔަތްތަކެއް ހިމަނާފައެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިކަމާއިގުޅިގެން ކުރި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ގްރޭޑް 01 ގެ ޤުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދަނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްހާން ފަހުމީ ކަމަށާއި މިކަމުން ރަމްޒުކޮށްދެނީ އެ ދަރިވަރު ޤުރުއާނަށް ހޭލުންތެރިވެފައިވާ މިންވަރު  ކަމަށެވެ.

މީގެ އިތުރުން ޝައިޚް ޢަލީ ޒައިދުވެސް ވަނީ އެފޮތުގައިވާ ނަބައި ސޫރަތުގައި ނާޒިޢާތު ސޫރަތުގެ އާޔަތްތަކެއް ވާކަން ފާހަގަކޮށް މިއަދު އެވާހަކަ ޓްވިޓް ކުރައްވާފައެވެ.

މި މައްސަލަ މިހާރު އެޑިއުކޭޝަނުން ބަލަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close