ޚަބަރު ކޮވިޑް ޖެހިގެން އިތުރު 2 މީހުން ނިޔާވެއްޖެ

ކޮވިޑް ޖެހިގެން އިތުރު 2 މީހުން ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑް-19 ޖެހިގެން މިއަދު އިތުރު ދެމީހަކު ނިޔާވެއްޖެކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިފައި ނިޔާވެފައި ވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކާއި 82 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮވިޑް ޖެހިގެން ނިޔާވި ދެމީހުންގެ ތެރެއިން 93 އަހަރުގެ މީހާ ނިޔާވެފައި ވަނީ ރޭ 00:47 ގައެވެ. 82 އަހަރުގެ މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 08:00 ގައެވެ.

ނިޔާވި ދެމީހުންނަށް ވެސް ފަރުވާ ދެމުން އައީ ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައެވެ.

ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 184 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ފާއިތުވި ހަފްތާއެއްހާ ދުވަހު ވަރަށް ބޮޑަށް މަދުވެފައި ވީނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ. އިއްޔެ ވެސް ކޮވިޑް ޖެހިގެން ހަތަރު މީހަކު ނިޔާވިއެވެ.

ޓެގް

ކޮވިޑް-19 މަރު ނިޔާވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.