ރޭޕުގެކުށް ސާބިތުވި ދިވެހި ފިރިހެނަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ރޭޕުގެކުށް ސާބިތުވި ދިވެހި ފިރިހެނަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު އެ ހުކުމްކޮށްފައިވަނީ ށ.މިލަންދޫ / ބްލޫހައުސް، ޔޫސުފް ޙުސާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ބިރު ދެއްކުމުގެ ކުށްވެސް މިއަދު ސާބިތުވިއެވެ.
މިއީ 2019 ވަަނަ އަހަރުގެ ފަހުކޮޅު ހިނގި ހާދިސާއެކެވެ.
އޭނާވަނީ އޭނާ ބޭނުންވާ ކަންތައް ނުކޮށްދޭނަމަ އޭނާ ރޭޕުކުރި މީހާގެ ފޮޓޯތައް ފޭސްބުކަށް ލާނެކަމަށްބުނެ މަޖުބޫރުކޮށްގެން އެހެން މީހަކާއެކު ޖިންސީ ޢަމަލު ހިންގާފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.



