ކުޅިވަރު

“އެލް ކްލަސިކޯ” ކާމިޔާބުކޮށް ރިއާލު އެއްވަނައަށް

“އެލް ކްލަސިކޯ” ގެ ނަމުން މަޝްޙޫރު ވެފައިވާ  ސްޕެނިޝް ލީގުގެ އެންމެ ވާދަވެރި ދެޓީމުކަމުގައިވާ ރެއާލް މެޑްރިޑް އަދި ބާސެލޯނާގެ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ބާސާގެ ދަނޑުގައި މިރޭ ކުޅެވުނު މި ފޯރިގަދަ މެޗު ރިއަލް މެޑްރިޑުން ކާމިޔާބު ކޮށްފައިވަނީ 2-1 ލަނޑުންނެވެ. މިރޭގެ މެޗުގައި ރެއާލް މެޑްރިޑުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ދިން ހިތްގައިމު ބޯޅައަކުން ޑޭވިޑް އަލަބާ އެވެ. އަދި ރިއަލުގެ 2 ވަނަ ލަނޑަކީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ލޫކަސް ވަޒްކުއޭޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ބާސާ ޖެހި ހަމަ އެކަނި ލަނޑު މެޗުގެ ފަހު ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ބަދަލު  ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސާޖިއޯ އަގުއޭރޯ އެވެ

މިރޭގެ މި މުޙިއްމު މޮޅާއިއެކު ރެއާލް މެޑްރިޑް ތާވަލުގެ 1 ވަނާގައި އޮތީ  ކުޅުނު 9 މެޗުން 20 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ 2 ވަނާގައި އޮތް ސެވިއްޔާ އަށާއި އަދި 3 ވަނާގައި އޮތް ރެއާލް ސޮސެއިޑާޑް އަށްވެސް ހަމަ މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. މިރޭގެ މި ބައްޔާއިއެކު ބާސެލޯނާ ވަނީ 15 ޕޮއިންޓާއިއެކު ތާވަލުގެ 8 ވަނައަށް ވެއްޓިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close