އެކްސްޕޯ 2020 ޑްބާއީ: ވިޒިޓަރުންގެ އަދަދު 1 މިލިއަނަށް އަރާނެ – އޮފިޝަލުން
އެކްސްޕޯ 2020 ދުބާއީ: ދުބާއީގައި ބާއްވާ އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދަނީ ހީނުކުރާހާ ގިނައިންކަމަށާއި، ވަރަށް އަވަހަށް އެއް މިލިއަން އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އެކްސްޕޯގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި މި އިވެންޓަށް މިހިނގާ އޮކްޓޯބަރު މަހުގެ 1 އިން 17 އަށް 771،477 ވިޒިޓަރުން ޒިޔާރަތް ކޮށްފައިވެއެވެ. ޑުބާއީގެ ދިގު ހަފުތާ ބަންދުނިމުނު އިރު ގިނަ އަދަދެއްގެ ޓިކެޓު ވަނީ ވިކިފައި ކަމަށާއި، އެހެންކަމުން އެ އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު މިލިޔަނަކަށް ވުރެ އިތުރުވާނެ ކަމަށް އެކްސްޕޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހަކީ ޑްބާއީގެ ރަސްމީ ބަންދު ދުވަހަކަށް ވެފައިވާއިރު އަދި އޭގެ ފަހުން އައި ހަފްތާ ބަންދުގައި ވެސް ވިޒިޓާސް ނަމްބަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
“އަދަދުތަކަށް ބަލާފައި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި އަދަދު ހަމަކުރެވޭނެ. ތަފާތު ޕެވިލިއަންތަކާއި އިވެންޓްތަކުގައި ބައިވެރިވާ މިންވަރާއި ޒިޔާރަތްކުރާ މީހުންގެ ފެންވަރު ހުރި ގޮތުން އަޅުގަނޑުމެން ވަރަށް އުފާކުރަން،” އޮފިޝަލް ވިދާޅުވި އެވެ.
ބުރާސްފަތި އަދި ހުކުރު ދުވަހު އެކި ޕެވިލިއަންތަކުގެ ބޭރުގައި ޒިޔާރަތްކުރާ މީހުންގެ ދިގު ކިއުތައް ވަނީ ފެނިފައެވެ. ސަޢޫދީ ޢަރަބިއްޔާ، އެމެރިކާ، އިންޑިއާ، އިޓަލީ، ސްވިޓްޒަރލޭންޑްގެ ޕެވިލިއަންތަކުގައި ހިނގާ ކަންކަން ބަލާލުމަށް ޓަކައި، މި ދިގު ވީކެންޑްގެ ބޭނުން ވަރަށް ގިނަ ބަޔަކު ހިފިއެވެ.
މިދިޔަ ހަފްތާގައި އެކްސްޕޯއަށް ޒިޔާރަތްކުރި މީހުންގެ އަދަދު 12 އިންސައްތަ އިތުރުވެފައިވާކަމަށް އެކްސްޕޯގެ އޮފިޝަލުން ވިދާޅުވެއެވެ. ފިޒިކަލް ޓިކެޓު ލިބޭ ހުރިހާ ފަރާތްތަކެއް ގެ ތެރޭގައި މަންދޫބުން، ވަފުދުތައް، ބައިނަލްއަގްވާމީ ބައިވެރިންގެ މެހެމާނުން އަދި އެކްސްޕޯ ގެ މުވައްޒަފުން ނުހިމެނެ އެވެ.
މެގަ އިވެންޓަށް ހާޒިރުވާ މީހުންގެ އަދަދު ކޮންމެ ހޯމަ ދުވަހަކު ހާމަކުރާނެ އެވެ.

