ޚަބަރު

ދުބާއީ ޝޮޕިން ފެސްޓިވަލް ޑިސެމްބަރ 15 ގައި ފަށަނީ

ދުބާއީ ޝޮޕިން ފެސްޓިވަލް ގެ 27 ވަނަ އެޑިޝަން 15 ޑިސެމްބަރ 2021 އިން 29 ޖަނަވަރީ 2022 އަށް ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު، މި ފެސްޓިވަލްގައި ތަފާތު އިވެންޓްތަކާއި، މުނިފޫހިފިލުވުމާއި، މެގަ ރެފްލްސް އަދި ޕްރޮމޯޝަންތަކުގެ އެކި ލައިންއަޕް ތައް ދައްކާލާ، ތަފާތު އެކި ކަހަލަ އިވެންޓްތައް ވެސް ހިމެނެއެވެ.

ދުބާއީގެ ފްލެގްޝިޕް ފެސްޓިވަލްގައި މުޅި ދުނިޔެއަށް ހުޅުވާލަން ވަނީ ނިންމާފައެވެ.

ދުބާއީ ފެސްޓިވަލްސް އެންޑް ރީޓެއިލް އެސްޓެބްލިޝްމަންޓް (ޑީ.އާރު.އީ)ގެ ސީ.އީ.އޯ އަޙްމަދު އަލް ޚާޖާ ވިދާޅުވީ، “ދުބާއީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ހުރިހާ ދަތުރުވެރިންނަށާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ޤައުމަކަށްވުމާއިއެކު، މި އަހަރުގެ އެކްސްޕޯ 2020 ގައި ދުބާއީ ޝޮޕިންގ ފެސްޓިވަލެއް ބާއްވާ، އަދި ޤައުމީ ރަންޔޫބީލް ފާހަގަކުރުމަށް ދުބާއީ ޝޮޕިންގ ފެސްޓިވަލެއް ބާއްވާނެކަމަށެވެ.

ޑްބާއީ ޝޮޕިންގ ފެސްޓިވަލް (ޑީ.އެސް.އެފް) އަށް ޒިޔާރަތްކުރާ ފަރާތްތަކަށް، އެކްސްޕޯ ސައިޓްގައި ބާއްވާ އިވެންޓްތަކާއި، މުޅި ސިޓީގައި ބާއްވާ އިވެންޓްތަކުގެ އިތުރުން، ތިއޭޓަރ ޕަރފޯމަންސް، ކޮމިއުނިޓީ މާކެޓް އަދި އެކްސްކްލޫސިވް އެގްޒިބިޝަންތަކާއި، ފޯކްލޯރ އެންޑް ހެރިޓޭޖް ޝޯވތަކާއި، ފަން ފެއަރތަކާއި، އާއިލާތަކާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގިނަ ޙަރަކާތްތަކެއްގައި ބައިވެރިވެވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close