ޚަބަރު

މަހަށްފުރި ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަންދީފި

ސ. ހިތަދޫއިން 7 ދިވެހިންނާއެކު މަހަށްފުރި ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް ސައުތް އޭރިޔާ ކޯސްޓްގާޑް ސްކޮޑްއިން އެހީތެރިކަން ފޯރުކޮށްދީފިކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

“ބްލެކް ހެރޮން” ނަމަކަށް ކިޔާ ލޯންޗަށް ދިޔަވާކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު ހަވީރު 5:13 ހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދިޔަވަމުންދާ ލޯންޗް ހިތަދޫއަށް ވެއްދުމަށް ސިފައިން ހަރަކާތްތެރިވަމުންދާކަމަށާއި، މި ލޯންޗްއާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ލޯންޗްވެސް ދަނީ ދަތުރު ކުރަމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި މި ލޯންޗް ދިޔަވާން ފެށީ ސ. ހިތަދޫ ކައިރިޔަށް މަހަށް ނިކުމެ އުޅެނިކޮށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close