ޚަބަރު

ތ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ޚިދުމަތް، ކޮލޫމަޑުލު، ތ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ޚިދުމަތް ފެށުމާއެކު، ތ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި އާރުޓީއެލްގެ ޚިދުމަތް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ. މިއާއެކު ރާއްޖޭގެ 12 އަތޮޅެއްގެ 94 ރަށް ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވިފައެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މި މަސައްކަތް ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ.

ތ. އަތޮޅު ހިމެނެނީ އާރުޓީއެލްގެ ޒޯން 4 ގައެވެ. މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގުޅިގެންނެވެ.

ޒޯން 4 ގައި ހިމެނޭ އެހެން އަތޮޅުތަކުގައި ވެސް ޚިދުމަތް ފެށުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އިން ދަނީ ބޭސްލައިން ސަރވޭއެއް ހަދަމުންކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close