ދަތުރުކުރަމުންދިޔަ ޑިންގީއެއް އަޑިއަށް ހިނގައްޖެ
ދަތުރު ކުރަމުންދިޔަ ޑިންގީއެއް ދާންދޫ ކައިރިއަށް އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ގޮސްގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 15:45 ހާއިރު އެވެ.
މި ހާދިސާ ހިނގިއިރު ޑިންގީގައި ދެ މީހުން ތިބި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އެހެން ނަމަވެސް އެ ދެ މީހުންނަށްވެސް އަނިޔާ ވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ވިދާޅުވީ، ޑިންގީ ނެގުމުގެ މަސައްކަތް ފުލުހުންނާއި އާންމު ރައްޔިތުން ކުރަމުންދާ ކަމަށެވެ.


