ޚަބަރު ބިކިނީ ލައިގެން އުޅޭ މައްސަލައިގައި މަޖިލީހަށް ޕެޓިޝަނެއް

ބިކިނީ ލައިގެން އުޅޭ މައްސަލައިގައި މަޖިލީހަށް ޕެޓިޝަނެއް

ބިކިނީ ލައިގެން އުޅޭ މައްސަލައިގައި މަޖިލީހަށް ޕެޓިޝަނެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ފަތުރުވެރިންނާއި ބިދޭސީން ނިވައިކަން ކުޑަ އަންނައުނުލައިގެން އުޅޭ މައްސަލަ ހައްލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ޝެއިޚް ޒަމްޒަމް ފާރިޝް އިސްވެ ހުންނަވައި ހުށަހެޅުއްވި މި ޕެޓިޝަނުގައި ބުނެފައިވަނީ، މިފަދަ އަމަލުތަކުގެ ސަބަބުން އިސްލާމީ އަޚްލާޤާއި ދިވެހި ސަޤާފަތް ނެތިދިއުމުގެ ބިރު އޮތުމުގެ އިތުރުން، ކުޑަކުދިން ތަރުބިއްޔަތު ކުރުމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.

މި ޕެޓިޝަނުގައި މައިގަނޑު ތިން ކަމަކަށް ވަނީ އެދިފައެވެ. އެއީ މިހާރު ހުރި ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުމާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަމަލުކުރާނެ އާ ގާނޫނުތަކެއް އެކަށައެޅުމުގެ އިތުރުން، އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމެވެ. މި ޕެޓިޝަނުގައި ސޮއިކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މި ޕެޓިޝަން ބާތިލުނުވެ ކުރިއަށް ގެންދިއުމަށް މަދުވެގެން 500 ސޮއި ބޭނުންވެއެވެ. އަދި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް 840 ސޮއި ބޭނުންވާއިރު، މަޖިލީހުގައި މި މައްސަލައާ މެދު ބަހުސްކުރުމަށް 1200 ސޮއި ހަމަވާން ޖެހެއެވެ. ލޯކަލް ޓޫރިޒަމް ފުޅާވަމުންދާ މިންވަރަކަށް މިފަދަ އިޖުތިމާއީ މައްސަލަތައް އިތުރުވަމުންދާތީ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓެގް

ރައްޔިތުންގެ މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.