ދުބާއީ: ސޯޝަލް މީޑިއާގައި މަސްތުވާތަކެތި ވިއްކި މީހަކު 10 އަހަރަށް ޖަލަށް ލައިފި
ދުބާއީގައި ދިރިއުޅޭ އެޤައުމުން ބޭރު މީހަކު މަސްތުވާތަކެތި ގެންގުޅުމާއި އެތަކެތި ވިއްކުމަށް ޓަކައި ވެބްސައިޓަކާއި ވަޓްސްއެޕް ގްރޫޕެއް މެދުވެރިކޮށް ޕްރޮމޯޓް ކުރުމުގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށް ލުމަށް ދުބާއީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކޯޓުން ވަނީ އުމުރުން 47 އަހަރުގެ އެމީހާ 50،000 ޑޮލަރުންނާއި، 50،000 ދިރުހަމް އިން ޖޫރިމަނާކޮށް، ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ޑީޕޯޓްކޮށްލުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ އަކީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދުބާއީ ފުލުހުންގެ އެންޓި ނާކޮޓިކް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހެއްގެ އަތުގައި މަސްތުވާތަކެއްޗާއި ސައިކޯޓްރޮޕިކް ގިނަ އަދަދެއްގެ ސާމާނު ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހެކެވެ.
ޓްރެފިކް ކުރާ މީހާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް އޭނާގެ ކޮޓަރިއަށް ވަދެ ބެލިއިރު 7.5 ކިލޯގެ މެތަމްފެޓަމިން ހުރި ޕްލާސްޓިކް ކޮތަޅަކާއި، އެ ތަކެތި ޕެކްކުރުމަށް ބޭނުންކުރާ ސްކޭލަކާއި އާލާތްތަކެއް ވަނީ ފެނިފައެވެ.
ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރި އިރު، އޭނާ ވަނީ މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ގައުމުގައި ހުރި މީހަކު އޭނާ އާ މަސްތުވާތަކެތީގެ ބާވަތްތައް ލިބުމަށް ހަވާލުކުރި ކަމަށް އިއުތިރާފުވެފަ އެވެ.
އަދި އެ ތަކެތި ކޮތަޅުތަކަކަށް ބަހާލުމަށްފަހު ދެން ދުބާއީގެ ރޭންޑަމް ސަރަހައްދުތަކުގައި ބެހުމަށް އިރުޝާދު ދިނެވެ.
އެއީ ކޮން ޤައުމެއްގެ މީހެއްކަމެއް ދުބާއީ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
