ޚަބަރު

އޭއައި މެދުވެރިކޮށް ދިވެހި ބަހުން މުއާމަލާތްކުރާ ފުރަތަމަ ޑިޖިޓަލް ކެއާ އެސިސްޓެންޓް “އެވީ” އުރީދޫއިން ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައދައިފައިވާ ޑިޖިޓަލް ކެއާ އެސިސްޓެންޓް “އެވީ”
އަޕްގްރޭޑްކޮށް‌،‌ ކަސްޓަމަރުންނަށް ދިވެހި ބަހުން ޑިޖިޓަލް އެސިސްޓެންޓާ މުއާމަލާތް ކުރެވޭނެ ގޮތް އަލުން އެވީ ލޯންޗުކޮށްފިއެވެ. “އެވީ” ގެ
މަތިން‌،‌ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ‌،‌ މިހާރަށް ވުރެ ހުރިހާ އުމުރުފުރައެއްގެ އެކިކަހަލަ ކަސްޓަމަރުންނަށްވެސް
ހިދުމަތްތައް ހޯދުމުގައި ޓެކްނޮލޮޖީގެ އެހީގައި ލުއިގޮތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގެނެވިފައިވާ ބަދަލެކެވެ.
‌މީގެ އިތުރުން،‌ އުރީދޫ ބްރޭންޑުގެ އާ ވިޝުއަލް އައިޑެންޓިޓީ އާއި އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ވަނީ އެ
ކުންފުނީގެ މުޅިން އާ ދިވެހި ފޮންޓް ވެސް ރަސްމީކޮށް ތައާރަފްކޮށްފަ އެވެ. “އަޕްގްރޭޑް ޔޯ ވޯލްޑް” ގެ ދަށުން ދާދި ފަހުން އެ ކުންފުނީގެ
ބްރޭންޑް އައިޑެންޓިޓީއަށް ގެނައި ސްޓްރެޓެޖިކް ބަދަލުތަކަކީ އުރީދޫގެ ޝަހުސިއްޔަތާއި ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް އެ ކުންފުނިން
ކުރަމުން އަންނަ ދަތުރާއި ވިޔަފާރިއަށް އަންނަ ކުރިއެރުން ރަމްޒުކޮށްދޭ ކަމެކެވެ. މި ބަދަލުން ދައްކުވައިދެނީ ޓެކްނޮލޮޖީއާއެކު ހުޅުވިގެންދާ
ފުރުޞަތުތައް ތަނަވަސްކުރުމުގެ ވިސްނުމެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް – ހަމާދީ ވިދާޅުވީ “އޭއައި މެދުވެރިކޮށް
ގުޅުވާލަދޭ ޙިދުމަތްތަކާއި އެހެނިހެން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ބަދަލުކޮށް‌،‌ މުޖުތަމައުތަކުގެ
ދިރިއުޅުން މުއްސަނދިވާނެ ފަދަ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި އަޅުގަނޑުމެންގެ ތަސައްވަރާއި މަގްސަދާއި އެއްގޮތްވާ
ގޮތުގެ މަތިން‌،‌ މިއަދު އަޅުގަނޑުމެންގެ އޭ.އައި ޕަވަރޑް ޑިޖިޓަލް އެސިސްޓެންޓް އެވީ އާއި ދިވެހިން މުޢާމަލާތްކޮށް ޚިދްމަތްތައް ހުރިހާ
ކަސްޓަމަރުންނަށް ހޯދުމުގެ ފުރުޞަތު ހުޅުވާލަދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ އޮޕަރޭޓްކުރާ ކޮންމެ
މާކެޓެއްގައި އެގަުމެއްގެ ބަހާއި ސަގާފަތް ހިފެހެއޓުމަކީ އުރީދޫއިން ވަރަށް ބޮޑަށް އިސްކަންދޭކަމެއް‌،‌ އެގޮތުން ރާއްޖޭގައި މިއަދު އުރީދޫގެ
އަމިއްލަ ދިވެހި ފޮންޓެއް ރަސްމީކޮށް ތައާރަފްކުރުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ރީތި އާ ފޮންޓުގެ ސަބަބުން
ދިވެހި ބަހުން މުއާމަލާތްތަކަށް އިސްކަންދީ‌،‌ ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެ އަޅުގަނޑުމެންގެ މުއާމަލާތްތަކުން އުރީދޫ
ބްރޭންޑް އައިޑެންޓިޓީގެ އަސްލު ދައްކުވައިދޭނެކަމީ ޔަގީންކަމެއް.”
އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް އެސިސްޓެންޓް‌،‌ އެވީ މެދުވެރިކޮށް މޮބައިލް ކަސްޓަމަރުންނަށް ކަސްޓަމާ ކެއާ އެޖެންޓަކާ ވާހަކަ
ދެއްކުމަށް ކޯލްގައި ވަގުތު ހޭދަ ނުކުރައްވާ ޑޭޓާ‌،‌ އެސްއެމްއެސް‌،‌ ވޮއިސް އަދި ބިލް ބެލެންސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. 929
އައިވީއާރު‌،‌ ފޭސްބުކް މެސެންޖާ އަދި ވައިބާ ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމަށް މިހާރު ހުޅުވަލާފައިވާއިރު، އެހެން
ބޮޓްތަކެކޭ އެއްފަދައިން އެވީވެސް މިވަގުތު ހުރީ ދިވެހި ބަހުން ކަސްޓަމަރުންނާ މުޢާމަލާތްކުރުމުގެ އުނގެނުމުގެ މަރުހަލާގައެވެ. މެޝިން
ލަރނިންގ މެދުވެރިކޮށް އެވީ ހިދުމަތް އިތުރަށް ރަނގަޅުކޮށް ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ.

އެވީ މެދުވެރިކޮށް ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން 929 އަށް ގުޅައި‌،‌ ދިވެހި ބަހުން ކުރިއަށްގެންދިއުމަށްފަހު
އޮޕްޝަން 1 އިޚްތިޔާރު ކުރެއްވުމުން އެވީ މެދުވެރިކޮށް ޙިދުމަތް ހޯދާލެވޭނެއެވެ.
ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން
ޑިޖިޓަލް ކެއަރ އެސިސްޓެންޓް “އެީް” އަށް އިތުރަށް އިންވެސްޓްކޮށް‌،‌ މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް‌،‌ ޑިޖިޓަލް ޗެނަލްތަކުގައި
ކަސްޓަމަރުންގެ މެދުގައި އޮންނަ މުޢާމަލާތްތައް ބަދަލުކުރުމަށް ކުރިއަށްތޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. “އީވް”
ބޭނުންކޮށްގެން އުރީދޫއިން ކަސްޓަމަރުން ހޯދަން ބޭނުންފުޅުވާ ހުރިހާ މައުލޫމާތާއި ހިދުމަތްތައް ފޯރުކޮށްދިނުން އޮޓޮމޭޓްކޮށް‌،‌ މިހާރަށްވުރެ
ހަރުދަނާ އަދި ހަލުވި ހިދުމަތެއް ފޯރުކޮށްދެވޭނެ އެވެ.
ދިވެހި ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށްދޭނެ އާ ޓެކްނޮލޮޖީތަކާއި ހިދުމަތްތަކަށް އިންވެސްޓް ކުރުމަށް އުރީދޫ މޯލްޑިވްސް
އިން ކުރަމުންދާ މަސައްކަތުގައި ދެމިއޮންނާނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close