ޚަބަރު އިސްލާމްދީންވަނީ އެދީނުގެ ވަޠަނުގައި ބީރަށްޓެހިކޮށްފައި – ޢީދު ޚުޠުބާ

އިސްލާމްދީންވަނީ އެދީނުގެ ވަޠަނުގައި ބީރަށްޓެހިކޮށްފައި – ޢީދު ޚުޠުބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީންވަނީ އެދީނުގެ ވަޠަނުގައި ބީރަށްޓެހިކޮށްފައިކަމަށާއި އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ ދަރިންނަށްވަނީ މިއަދު ބޭނުންވެފައިކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

އަދުގެ މުޖުތަމަޢުން ފެންނަނީ، އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުން އަންނަތަން ކަމަށާއި ޤުރްއާނަށް އިހާނެތިކޮށް ހިތަމުން އަންނަތަނެވެ. އަދި ނަބިއްޔާއަށް ފުރައްސާރަ ކުރަމުން އަންނަތަނާއި މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރާ އެތަންތަން ފޭރިގަންނަ ތަންތަނެވެ.

އަދި މުސްލިމު ޤައުމުތަކުގެ އިންތަކުގެ ޙުރުމަތް ދަނީ ކަނޑަމުން ކަމަށާއި މުސްލިމް ޢިލްމުވެރިންގެ ޤަދަރުދަނީ ވައްޓާލަމުންކަމަށްވެސް ޢީދު ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ދަނީ ފިއްތުންތަށް ކުރިމަތި ކުރަމުންކަމަށާއި އިސްލާމްދީންވަނީ އެދީނުގެ ވަޠަނުގައި ބީރަށްޓެހިކޮށްފައިކަމަށްވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ސައްތައިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެކަމަށްދަނީ ފައުޅުގައި ގޮވާލަމުންކަމަށާއި މުސްލިމުންގެ ޙައްޤުތަކަށްވެސް ދަނީ އަރައިގަންނަކަމުންކަމަށް ޢީދުގެ ޚުޠުބާގައިވަނީ ފާހަގަކޮށްފައެވެ.

ޓެގް

ޢީދުނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.