4 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި
ނ.ކުޑަފަރި އާއި ނ.މާޅެންދޫ އާއި ބ.ގޮއިދޫ އަދި ރ.ކިނޮޅަސް ގެ ފެނާއި ނަރުދަމާގެ މަސަތްކަތް މޯލްޑިވްސް ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ހަވާލުކޮށްފިއެވެ.
މި ހަތަރު ރަށުގެ އެއްބަސްވުމުގައި ސޮއި ކުރުން އޮތީ މިދިޔަ ބުދަ ދުވަހުގެ މެންދުރު މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީ އާއި ހަވާލުކުރި ހަތަރު ރަށުގެ މަޝްރޫއުގައި ވެސް އެ ކުންފުނީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ.
ބ. ގޮއިދޫއާއި ރ. ކިނޮޅަސް، ނ. ކުޑަފަރީގެ އިތުރުން ނ. މާޅެންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ގާއިމުކުރުމަށް ފެންކުންފުންޏަށް ހަވާލުކޮށްފައިވަނީ 22 މަހުގެ މުއްދަތަށް ތިރީގައިވާ އަގުތަކުގައެވެ.
ބ.ގޮއިދޫ : 46.3 މިލިއަން ރުފިޔާ
ރ.ކިނޮޅަސް : 36 މިލިއަން ރުފިޔާ
ނ.ކުޑަފަރީ : 38.2 މިލިއަން ރުފިޔާ
ނ.މާޅެންދޫ : 42.9 މިލިއަން ރުފިޔާ
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ވަކި ރަށެއް އިސްތިސްނާ ނުކޮށް ދިވެހި ރާޢްޖޭގެ ކުދި ބޮޑު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަމަށާއި އެ ވައުދު ފުއްދައިދިނުމަށްޓަކައި އެމްޑަބްލިއުއެސްސީގެ ހުރިހާ މުވައްޒަފުން ތިބީ ތައްޔާރަށްކަމަށެވެ. އެގޮތުން ކުންފުނީގެ އަމާޒަކީ ހަވާލުކުރެވިފައިވާ މަސަތްކަތް ދީފައިވާ މުއްދަތަށް ނިންމައި އެ ރަށްތަކުގެ ރައްޔިތުންނަށް ނަފާ ލިބޭ ގޮތް ހަދައިދިދުންކަމަށް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މަސަތްކަތުގައި ބޭނުންކުރާނީ ކޮލިޓީ އަދި އެންމެ ޒަމާނީ ވަސީލަތްތަށް ކަމަށާއި ހަރަދު ކުޑަކުރަން ހަދައި މާ ގިނަ ދުވަހެއް ނުވެ އަނެއްކާ އެތައް ހަރަދެއްކޮށް ރައްޔިތުން އިތުރު ތަކުލީފުތައް ޖައްސާ ބަޔަކަށް އެ ކުންފުނި ނުވާނެކަމަށެވެ. އާޒިމް ވަނީ އެ ރަށްތަށް ނިސްބާތްވާ ދާއިރާތަށް ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.
maalhendhoo fenaa mi ee bodu vaahaka ekeve mikan kuran ulhethaa mihaaru mivee umurun veehaa dhuhekeve mwsc aai havaalu kurumaki masaiykaiy avas nuvaane kamuge sababekeve Alhugandah lafaa kureveni maalhendhoo fenaa narudhamaage amalee masaykaiy fesheyni 2020 vana aharuge janavaree fahukolhugahen