ޚަބަރު

ރައީސް ނަޝީދަކީ އިސްލާމީ ޤައުމެއްގެ ވެރިޔަކަށް ކުފޫ ހަމަވާ ބޭފުޅެއްނޫން – ޝައިޚް ޒައިދު

ރައީސް ނަޝީދަކީ އިސްލާމީ ޤައުމެއްގެ ވެރިޔަކަށް ކުފޫ ހަމަވާ ބޭފުޅެއްނޫން ކަމުގައި ދީނީ ޢިލްމްވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމީ ޤައުމެއްގެ ވެރިޔަކަށް ކުފޫ ހަމަވާ ބޭފުޅެއްނޫންކަމަށާއި، ލާދީނީ ޖަމިއްޔާ އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން އެބައިމީހުން ދިފާޢު ކުރެއްވީ ވެސް ރައީސް ނަޝީދު ކަމަށެވެ.

ޝައިޚް ގް ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ މިއީ ކުޑަ މިސާލެއް ކަމަށާއި، ރައީސް ނަޝީދުގެ އައިޑިއޮލޮޖީ ތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. ވީމާ ސޮރީ އޭ ދެންނެވޭނީ. ޝައިޚް ޒައިދު ވިދާޅުވެފައި ވެއެވެ.

ޝައިޚް ޒައިދު މިމޭރުމުން ޓްވީޓެއް ކުރެއްވިއިރު ރައީސް ނަޝީދު ރައީސް ސޯލިޙަށް ފޮނުއްވި މެސެޖެއްކަމަށް ބުނެ މީޑިއާއަގައި ވަނީ ރައީސް ނަޝީދުކުރެއްވި މެސެޖްކަމަށްބުނާ މެސެޖެއް ލީކް ކޮށްލާފައެވެ. އެމެސެޖްގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ ބޮޑުވަޒީރެއްގެ ގޮތުގައި ހުންނަވައިގެން ޤައުމު ހިންގަން ބޭނުންވެ ވަޑައިގަންނަވާކަމަށެވެ.

ރައީސް ނަޝީދުގެ އެމެސެޖް ކެބިނެޓުގެ ބައެއް ވަޒީރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވި ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެއެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެއްފަރާތްވެ ހުންނަވަން ބޭނުންފުޅު ނުވާކަމަށާއި އޭގެ ބަދަލުގައި ބޭނުންފުޅުވަނީ ނިޒާމު ބަދަލުކުރައްވައި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ކަމަށެވެ.

އަދި އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައި ވާކަމަށް ވެއެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށާއި މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ޤާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ހުށަހަޅާފައިވާކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close