ޚަބަރު

ބާރު ސްޕީޑްގައި ދިޔަ ކާރަކުން ޖެހި 5 އަހަރުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ

ޑްބާއީގެ މެދުތެރޭ ހިސާބުގެ އަވަށެއްކަމުގައިވާ ފުޖައިރާގައި މިއަދު ހެނދުނު (އޮކްޓޯބަރު 24) ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި މިސްރުގެ ފަސް އަހަރުގެ ދަރިވަރަކު ވަނީ މަރުވެފަ އެވެ.

ކޭޖީ1 ގެ ދަރިވަރު ވަގުތުން މަރުވީ ސަކަމް ސަރަހައްދުގައި ހުންނަ އޭނާގެ ސްކޫލަށް ދިއުމަށް މަގު ހުރަސްކުރަނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރަކުން ޖެހުމާއި ގުޅިގެންނެވެ.

ޑްބާއީގެ ނޫހެއްކަމުގައިވާ ޚަލީޖް ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ފުޖައިރާ ފުލުހުންގެ ޓްރެފިކް އެންޑް ޕެޓްރޯލް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ކާނަލް ސާލިހް އަލް ދަނާނީ ވިދާޅުވީ، ފުޖައިރާގައި ހުންނަ ޕްރައިވެޓް ސްކޫލެއްގެ ކައިރީގައި ފަސް އަހަރުގެ ދަރިވަރަކު ދުވަމުން ދިޔަ ކަމަށް ބުނެ މިއަދު ހެނދުނު 7:23 ގައި އޮޕަރޭޝަން ރޫމަށް ކޯލެއް އައި ކަމަށެވެ.

ފުލުހުންގެ ޕެޓްރޯލް އެ ސަރަހައްދަށް ގޮސް ބެލި ބެލުމުން އެ ކުއްޖާ ވަގުތުން މަރުވެފައިވާކަން ވަނީ ސާބިތުވެފަ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވުމާއި އިހުމާލުވުމާއި ޑްރައިވަރުގެ ސަމާލުކަން ނުލިބުމުގެ ސަބަބުންނެވެ.

އަދި އެ ކުޑަ ކުއްޖާ ސްކޫލަށް ދާން އޮންނަ މަގު ހުރަސްކުރަން ފުރުސަތު ދިނުމުން ފުލުހުން ވަނީ އެ ކުއްޖާގެ މައިންބަފައިންގެ އިހުމާލު އޮތްކަމަށްވެސް ނިންމާފައެވެ. އަދި މިއެކްސިޑެންޓް ހިނގުމަށް މަގުފަހިވީ އެކަމުގެ ސަބަބުން ކަމުގައި ފުލުހުންވަނީ ބުނެފައެވެ.

ކާނަލް ދަނާނީ ވަނީ މި އެކްސިޑެންޓާއި ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރައްވާކަން ހާމަކުރައްވާފައެވެ. ހާއްސަކޮށް ސްކޫލް ގަޑިތަކުގައި ދުއްވާ އިރު ޑްރައިވަރުން ސަމާލުކަން ދިނުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close