ޚަބަރު

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް

އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރާ ގޮތުގައި ދިވެހި ދިދަ ބައި ދަނޑިއަށް ތިރި ކުރުމަށް ހަމަޖެހިފައިވަނީ 21 މެއި 2024 ވާ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އީރާނުގެ ރައީސް އަވަހާރަވެފައިވަނީ އެމަނިކުފާނާއި އީރާނުގެ ޚާރިޖީ ވަޒީރު ހޮސައިން އަމްރު އަބްދުﷲ ހިޔާނާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުﷲ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާގައެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އީރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ތައުޒިއްޔާ ވިދާޅުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close