ޚަބަރު

ކޮޕީ މުޙައްމަދު ރަޝީދުގެ ޒިކުރާ އައު ކުރުމުގެ ގޮތުން ޚާއްސަ ފޮތެއް ނެރެނީ

މއ. ކޮޕީގެ، އަލް މަރްހޫމް މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު) ގެ ޒިކުރާ އައު ކުރުމުގެ ގޮތުން ދިވެހިބަހުގެ އެކަޑަމީން ޚާއްސަ ފޮތެއް ނެރުމަށް ހަމަޖެހިއްޖެހިފައިވާ ކަމަށް އެ އެކަޑަމީން ބުނެފި އެވެ.

ދިވެހިބަހުގެ އެކަޑަމީން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ ދިވެހިބަހާއި އަދަބަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މއ. ކޮޕީގޭ މުޙައްމަދު ރަޝީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން، އެ މަނިކުފާނުގެ ޒިކުރާ އައު ކުރުމުގެ ގޮތުން ދިވެހިބަހުގެ އެކަޑަމީން ޚާއްސަ ފޮތެއް ނެރެން ހަމަޖެހިފައިވާ ކަމުގަ އެވެ.

ކޮޕީ ރަޝީދަކީ ދިވެހިބަހާއި އަދަބިއްޔާތަށް، ޚާއްސަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އަދި 32 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދަޢުލަަތައް ޚިދުމަތް ކުރައްވާފައި ވެއެވެެ.

ކޮޕީ ރަޝީދުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2020 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި 2015 ވަނަ އަހަރު ޅެެން ހެދުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދެއްވާފަ އެވެ.

މިފޮތުގައި ކޮޕީ ރަޝީދުގެ ޚިދުމަތުގެ ޒިކުރާ އައު ކުރުމުގެ ގޮތުން އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށް ޝުއޫރު ފާޅު ކުރުމުގެ ފުރުސަތު ވަނީ އާންމު ފަރާތް ތަކަށް ވެސް ހުޅުވާލާފަ އެވެ. ޝުޢޫރު ހިމަނުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ނޮވެމްބަރު 30 ވާ އަންގާރަ ދުވަހުގެ 13:30 ކުރިން އެ އެކަޑަމީއަަށް ލިޔުން ފޮނުވައިދެއްވުމަށް އެދިފައި ވެއެވެ. އަދި ފޮނުވާ ލިޔުން ނުވަތަ ޅެން އޭ ފޯ ސައިޒުގެ 2 ޞަފްޙާއަށްވުރެ ދިގު ނުކުރަން އެދިފައި ވެއެވެ.

މީގެއިތުރުން ޝުޢޫރާއެކު އެ ބޭފުޅެއްގެ ޕްރޮފައިލް ފޮޓޯ އެއްވެސް ފޮނުވައި ދިނުން އެދިފައި ވެއެވެ. ބަހުގެ އެކަޑަމީން ވަނީ މީގެ ކުރިން މި މަހުގެ 30 ގެ ނިޔަލަށް ކޮޕީ ރަޝީދުގެ ހަނދާނުގައި ތައުޒޔާގެ ދަފްތަރެއްވެސް ހުޅުވާފަ އެވެ.

ދިވެހިބަހުގެ އެކަޑަމީން ވިދާޅުވީީ ޚިދުމަތުގެ ޒިކުރާގެ ފޮތުގައި ހިމަނުއްވާ ލިޔުމާއި ޅެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި އެކަޑަމީގެ އިދާރާއަށް ބަލައިގަންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ފޮނުވޭނެއެވެ. އީ-މެއިލް މެދުވެރިކޮށް ފޮނުވާނީ: [email protected] އަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close