ޚަބަރު

ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާ: 584 ގޮނޑިއާއެކު ކުރީގައި ޕީއެންސީ

މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

މި ނަތީޖާއިން ދައްކާގޮތުގައި އިންތިޚާބުވި ޖުމްލަ 1،351 މެންބަރުންގެ ތެރެއިން އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ ތަރުތީބުވެފައިވާ ގޮތް:

ޕީއެންސީ: 584 ގޮނޑި

އެމްޑީޕީ: 563 ގޮނޑި

އަމިއްލަ ކެންޑިޑޭޓުން: 169 ގޮނޑި

އެމްޑީއޭ: 23 ގޮނޑި

އަދާލަތު ޕާޓީ: 6 ގޮނޑި

ޖުމްހޫރީ ޕާޓީ: 4 ގޮނޑި

ދަ ޑިމޮކްރެޓްސް: 2 ގޮނޑި

މި އިންތިޚާބުގައި ޕީއެންސީން 75 ރަށެއްގެ ކައުންސިލް ރައީސްކަން ކާމިޔާބުކުރިއިރު، އެމްޑީޕީން ވަނީ 5 ސިޓީއެއްގެ މޭޔަރުކަން ކާމިޔާބުކޮށްފައެވެ. މި އިންތިޚާބުން ހޮވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިހާރު ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close