ޅެން ވިސްނަން ފެނޭ

ވިސްނަން ފެނޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢިލްމުލިބުނަސް ޙިލްމުނެތުމުން ދިރިއުޅުމުގައި އުނިކަން ފެނޭ

    ޢިލްމުގައިހުރި ބުރަދަންނުއެނގި އުޅެވޭގޮތުން އުނިކަން ފެނޭ 

ޢިލްމުގައިހުރި އަގުބޮޑުކަމާ ޢިލްމުން ލިބެންހުރި މާތްކަމެއް

    ޢިލްމުލިބުނަސް ޙިލްމުނެތިހުރެ އުޅެވޭގޮތުން އުނިކަން ފެނޭ

އެކިކަންކަމަށް ބެހިގޮތްކިޔާ ހުރިހާކަމެއް އެނގިބޮޑުވުމުން

     އެކިގޮތްގޮތުން ހުރެގޮސްނުއެނގި ބޭޒާރު ވާތަންއެބަ ފެނޭ

ޢިލްމީރޮނގުން ކުރިއެރުމުގައި އޮތްފާސްތަކުގެ ބުރަދަންބޮޑަސް                 

   ޢިލްމީކަނޑުގެ ހުރިފުންމިނަށް ނުދެވޭނެކަން ވިސްނަން ފެނޭ

އިންސާނުނަށް ލިބިފައިވަނީ ޢިލްމުން ވަރަށް ކުޑަމިންވަރެއް

   ކަންދަނެތިމާ ނަންރީތިކޮށް އުޅުމަށްދިނުން އިސްކަން ފެނޭ

ހުރިހާކަމެއް އެނގިގެންއުޅޭ މީހަކުފެނޭބާ ދުނިޔެއިން

    ހުރިކަންގޮތީ މީކަންދަތުން ދިރިއުޅުމުގައި ވިސްނަން ފެނޭ

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.