ޅެން ޒުވާނާއޭ…!

ޒުވާނާއޭ…!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝަބާބުގެ ދައުރު މަސްތުވެގެން ޒުވާންކަން ގެއްލުވާތިލަނީ

         ޢިބާދާތާ ފެޔަށްޖެހެމުން ޚަރާބުމަގުންނެ ހުރެތިދަނީ

 ޝަރާބީ މަސްތުވާ ތަކެތިން ޒުވާނާ ގެއްލި ދާހިނދުގައި

     ޝަރާބުގެރަހަ ބަލާލެވުމުން މަގުން ކެހިގެންނެ ހުރެތިދަނީ

 ދިވާނާވެވި  ރެއާއިދުވާ  އޮޅޭގޮތްވާނެ  ޙާލަތުގައި

     ހެވާނުބަޔާ މުޅިންއޮޅިގޮސް ޖަހައްނަމަޔަށް ނުއެނގިތިދަނީ

 ލިބުނުނިޢުމަތް ހަނދާންނެތިކޮށް ހަވާނަފުސަށް ތަބަޢަވެވިގެން

      ލިބުނު ފުރުޞަތު މިދުނިޔޭގައި ވަތަކުތޯޖެހިގެނޭ ތިދަނީ

 ޙަޔާތާމެދެ ދެލޯހުޅުވާ ބަލައިލަން ލަސްވަމުން ދާއިރު

      ޙަޔާތް ބަރުބާދު ކޮށްލީމާ ދެދުނިޔޭން ގެއްލިގެންނެދަނީ

 ޒުވާނުން މަގުފުރެދި ދިޔުމުން އެޤައުމެއް ނެތިފަނާވާނޭ

      ޒުވާނުން ހެޔޮމަގަށް އެޅުވުން ކަމުންވާޖިބު ވެގެންނެވަނީ

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.