ޅެން ޤުރުއާނަށް ޢަމަލުކުރާށެވެ….!

ޤުރުއާނަށް ޢަމަލުކުރާށެވެ….!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދަންނަންޖެހޭ އެބަމުސްލިމުން ޤުރުއާންކަރީމަށް ބޯލަނބަން

     ދަންނާށެވީ ބޯނުލެނބުމުން ވަންނަންއޮތީ ފުން ނަރަކަކަން

 ޤުރުއާނުގައި އޮތްގޮތްބަލައި ޖެހެނީކުރަން ޢަމަލޭއެއަށް

        ފުރުޤާނަކީ ތެެދުމަގުކަމުން ޖެހެނީއެއަށް ޢަމަލޭކުރަން

 ޝައްކެއްނުވާ އީމާނަކުން ދެއްކުންނުވާ ހެޔޮޢަމަލުކޮށް

         ދައްކާ އެޝައިޠާނީ ގޮތާ ޖެހެނީފެޔަށް ދާށޭނިކަން

 ޤުރުއާނަކީ ކުރިއާފަހުން ބަދަލެއްއައުން އަމުދުންނުވާ

     ފުށުއެރުމަކަށް ނެތްޖާގައެއް މަތިވެރި ވަޙީބަސްފުޅު ބުނަން 

 ޤުރުއާން ތިލާވަތު ކުރުމަކީ މާތް އަޅުކަމެއް ކަމުގައިވުމުން

       ދުރުކޮށް ނުލާށެ ހިތާއެފޮތް ހެޔޮޢަމަލަކަށް ވާތީއެކަން

 ރަމަޟާންމަހުގެ ފަހުދިހަތެރޭ ވާތީ ނުޒޫލު ކުރެއްވިރޭ

     ހަމަޚާއްޞަކޮށް އޮނަހިރިރެއެއް ކަންއެނގިވަނީ ސާފުވެއެކަން

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.