ޅެން ތަކެތީގެ އަގުތައްއުފުލުން….!

ތަކެތީގެ އަގުތައްއުފުލުން….!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެކިހަކަތަޔާ މަޢުދަނުގެއަގު ހަނގުރާމަފެށި އުފުލޭގޮތުން

          ދެކިގެން މިކަން ވާނޭގޮތަށް ޖެހެޔޭބަލަން ކަންދާގޮތުން

ތަކެތީގެއަގު އުފެލޭނެކަން ކަށަވަރުޔަޤީން ހަނގުރާމައިން

           ތަކެތީގެ އަގުތައް އުފުލުމުން ދަތިކަންދެޔޭ ކުރިމަތިވަމުން

ޔޫރަޕުފަޅިން ހަނގުރާމަފެށި މިކަމުގެއަސަރު ފޯރާނެތީ

           ފުރަތަމަޖެހޭ ދަނެގެންމިކަން އެންމެންއެކީ އެއްބާރުލުން

ރާއްޖޭގެ ޙާލަތު ބަދަލުވުން ގާތޭވަރަށް ހަނގުރާމައިން

         ރާއްޖޭމިއޮތް ސަރަޙައްދުގައި އަގުތައްދަނީ އަދުއުފުލެމުން

ދުނިޔޭގެ މަސްރަޙު ބަދަލުވާގޮތް ވިސްނުމަށް ގެނުމާއެކީ

        ދުނިޔޭން ފެށުނު ހަނގުރާމަޔަށް ބޭނުންވެޔޭ އިސްކަންދިނުން

ކަންތައް ހިނގާގޮތް ދުނިޔެއިން ވާނޭބަލަން ހަމައަބަދުވެސް

           ދަންމަޅިޖެހުން ގާތޭނިކަން ހަނގުރާމައޮވެ ކުރިލާގޮތުން 

އިސްރާފަކަށްވާ ގޮތްގޮތުން ކުރެވޭއެތައް ގިނަކަންކަމަށް

         އިސްކަންދެމުން އިޞްލާޙުކޮށް ޖެހެޔޭބަދަލު ކުރުމަށްއުޅުން

ކުރިޔަށްއޮތީ ރަމަޟާންމަހަށް ވާތީ ކުރާ ޚަރަދަށްބަލައި

         ހުރިހާ ޚަރަދު ކުޑަވާގޮތަށް ބޭނުންކަމެއް އެންމެންއުޅުން

ދިގުލާގޮތަށް ދާނަމަމިވޯރ ގެއްލުންއޮތީ މުޅިދުނިޔެއަށް

        ދިގުލާގޮތެއްނުވެ ސުލްޙަވުން އެދިގެން ދުޢާ ޖެހެޔޭކުރުން

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.