ހިތަށްމިކުރާ އަސަރު ދުލަކުން ބުނާކަށް ހިތްވަރެއް އަދުނެތް
ހިތަށްވާތަދު ބަޔާންކޮށްދޭން އުޅޭކަށް ހިތްވަރެއް ވެސްނެތް
އެތަށްދުވަހެއް އެވޭނެއްގައި މަގޭދަރިފުޅު އުޅޭޙާލުން
ހިތަށްވާ ގޮތް އެތަންފެނުމުން ބަޔާންކޮށްދޭނެ ލަފުޒެއްނެތް
ދުޢާކުރުމޭ އޮތީ މިކަމަށް ލިބެންހުރި ސަބަބުގައި ހިފަމުން
ދުޢާ ތަކުރާރުކޮށް ރަޙުމަތް އެދުންނޫނީ ނެތޭ އެއްގޮތް
ކުރަން ފަރުވާ މިދާންޖެހެނީ އެހެންޤައުމެއް ކަމަށްވީއިރު
ފުރަންއޮތް ޤައުމުގައި ތަޅުއެޅި އެތަންއޮތުމުން ދެވޭކަށްނެތް
މަގޭ މިޙަޔާތުގައި ކަންތައް ފޮރޮޅިމިދަނީ އެތައްގޮތަކަށް
މަގޭ ޙާލާމެދަށް ވިސްނައި ކުރެވިދާނޭ ކަމެއްވެސްނެތް
މިހެން ގަލަމުން ބަޔާންކުރިޔަސް ހިތަށްވާ ތަދުގެ ވޭނާއެކު
ރިހެން އެގޮތަށް އެދަރި ބާއްވާ ބަލަންތިބެވެން ޔަޤީނުންނެތް
މުޅިންގޮތް ހުސްވުމާ ހަމަޔަށް ޙަޔާތުގެ ދަތުރުގައި ދިއުމުން
މުޅިން ކަރުއެލި ދެލޯކަރުނުން ތެމުންނޫން އަދުގޮތެއް ނުމެނެތް
އިލާހީ ރައްބަނާ މިދުވަސް ބަދަލުކޮށް ދެއްވަވާ ހެވަތަށް
އިލާހީ ރަޙުމަތުން މެނުވީ ލިބޭނޭވަކި ޝިފާއެއްނެތް
____________________
ކޮމެންޓް (0)
ލޯޑް ކުރަމުން...