ސިއްޙަތު

މާ ޚާއްޞަ ކަސްރަތު ތަކަކާއި، ޑައިޓެއް ނުނެގިޔަސް ހިކޭނެ ގޮތެއް މިއޮތީ!

މާ ޚާއްޞަ ކަސްރަތުތަކާއި، ޑައިޓެއް ނުނެގިޔަސް މިއޮތީ ވަރަށް އަވަހަށް ހިކޭނެ ގޮތެކެވެ. ހަށިގަނޑު ރީތިކޮށް ތާޒާކޮށް ބެހެއްޓުމަށް ބޭނުންނަމަ މިޖެހެނީ ޢާޢްމު ދިރިއުޅުމުގައި ހުންނަ ބައެއް އާދަތަކަށް ކުޑަކުޑަ ބަދަލެއް ގެންނާށެވެ. އަދި ޤަވާޢިދުން ކަސްރަތު ކުރުމާއި އެކު މިކަންކަމަށް ސަމާލުކަން ދީފިނަމަ ނަތީޖާ ފެންނަލެއް އަވަސްވާނެއެވެ.

އަވަހަށް ހޭލުން

ދުވަސް އަވަހަށް ފަށައިގަތުމަށްޓަކައި ރޭގަނޑުގެ ނިދި ހަމައަށް ހޯދާށެވެ. އެއަށްފަހު ދުވަސް ފެށުމުގެ ކުރިން ހެނދުނުގެ ނާސްތާ ކުރާށެވެ. އަވަހަށް ހޭލުމަކީ މުޅި ދުވަހު ކުރާ މަސައްކަތްތަކަށް ހަށިގަނޑު ތައްޔާރު ކޮށްދޭ ކަމެކެވެ.

އޮފީސް ގަޑީގައި ހަރަކާތްތެރިވެ އުޅުން

ވަޒީފާގައި ހޭދަކުރާ އަށްގަޑިއިރު އިށީންދެ އިނުމުގެ ބަދަލުގައި އޮފީހުގެ މާހައުލުގައި ވެސް ހަރަކާތްތެރިވެ އުޅޭށެވެ. ދެކޮޅަށް ހިނގާލައި ކުރާ މަސައްކަތުން ހަށިގަނޑާއި ސިކުނޑިއަށް މެދުކަނޑުމެއް ދޭށެވެ.

ކެއިންބުއިމަށް ސަމާލުވުން

މިންހެޔޮ ކެއުމެއް ކެއުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް މާއްދާތައް ލިބޭނަމަ މެޓަބޮލިޒަމް އަވަސްވެ ބަރުދަން ހިކޭނެ އެވެ.
ހަށިގަނޑު ރީތިކޮށް ފަލަވިޔަނުދީ ތާޒާކަންމަތީ ގިނަދުވަހު ބެހެއްޓުމަށް އެންމެ ރަނގަޅީ ފައިދާހުރި ކާނާ ކެއުމާއި އެކު ޤަވާއިދުން ކަސްރަތު ކުރުންކަން ހަނދާން ނައްތައި ނުލައްޗެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close