މުރަނގަ ފަތަކީ ހަށިގަނޑުގެ އާންމު ދުޅަހެޔޮކަމަށް ބޭނުންވާ ގިނަ އަދަދެއްގެ ވިޓަމިންތަކާއި، މިނަރަލްސް އަދި އެންޓިއޮކްސިޑެންޓްތަކުން މުއްސަނދިވެފައިވާ ފަތެކެވެ. މިއީ ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައި، ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.
މުރަނގަ ފަތުން ލިބޭ މުހިންމު ފައިދާތައް:
- މުއްސަނދި ކާނާގެ ބާވަތެއް: މުރަނގަ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ސީ، އަދި ބީ6 ގެ އިތުރުން ކެލްސިއަމް، ދަގަނޑު، އަދި ޕްރޮޓީން އެކުލެވިގެންވެއެވެ.
- ހަށިގަނޑު ދުޅަހެޔޮކޮށްދިނުން: މުރަނގަ ފަތުގައި ހުންނަ “އައިސޯތިއޯސައިނޭޓްސް” ފަދަ މާއްދާތަކުގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ.
- ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުން: ދިރާސާތަކުން ދައްކާ ގޮތުގައި މުރަނގަ ފަތުގައި ހުންނަ މާއްދާތަކުގެ ސަބަބުން އިންސިއުލިން މަސައްކަތްކުރާ މިންވަރު ރަނގަޅުވެ، ކެއުމަށްފަހު ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
- ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދިނުން: މުރަނގަ ފަތުގައި ހުންނަ ފައިބަރާއި، ޖަރާސީމާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތަކުގެ ސަބަބުން ބަނޑުހިކުމުން ސަލާމަތްކޮށްދީ، ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
- ހިތުގެ ދުޅަހެޔޮކަން ރައްކާތެރިކޮށްދިނުން: މުރަނގަ ފަތުގައި އެކުލެވޭ “ކުއެރްސެޓިން” ފަދަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ލޭގައި ކޮލެސްޓްރޯލް އިތުރުވުން ހުއްޓުވައި، ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް ބާރުއަޅައެވެ.
މުރަނގަފަތް ކެއުމުގައި ބޭނުންކުރަން އެންމެ ރަނގަޅުގޮތަކީ އެފަތް ކެއްކުމާއި ތެލުލުމުގެ ބަދަލުގައި ރޯފަތް ކެއުމުގައި ބޭނުންކުރުމެވެ. އެގޮތުން ތާޒާ މުރަނގަ ފަތް ރިހަޔާއި ގަރުދިޔަ ފަދަ ތަކެއްޗަށް އެޅިދާނެއެވެ. އަދި މީގެ އިތުރުން ހެނދުނުގެ ނާސްތާއަށް އަޅާ ބިސްގަނޑަށް މުރަނގަފަތް އަޅާލުމުން ހަށިގަނަޑަށް ލިބޭ ފައިދާތައް އިތުރުވެގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...