ޚަބަރު ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް މުޢިއްޒު ފަށްޓަވައިދެއްވައިފި

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް މުޢިއްޒު ފަށްޓަވައިދެއްވައިފި

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް މުޢިއްޒު ފަށްޓަވައިދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ބާއްވާ "ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާލޭގެ ބާސެލޯ ނަސަންދުރާގައެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ. މި ފޯރަމްގައި ސަތޭކައަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އިރު، އޭގެ ތެރޭގައި ޗައިނާގެ 40 އަށްވުރެ ގިނަ ކުންފުނީގެ އިސްވެރިން ހިމެނެއެވެ.

ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަސް ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މި ފޯރަމްގެ ތެރެއިން ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ބާރެކެވެ.

ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް މި ސަރުކާރުން އަންނަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗައިނާ، ޔޫއޭއީ، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު، އިނގިރޭސިވިލާތް އަދި ޕާކިސްތާން ހިމެނޭހެން މިހާތަނަށް ހަތް ޤައުމެއްގައި ވަނީ އިންވެސްޓްމަންޓް ފޯރަމްތައް ބާއްވާފައެވެ. މީގެ ތެރެއިން އިންޑިއާގެ ތިން ސިޓީއެއްގައި ވަކިވަކިން މިފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓެގް

ޗައިނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.