ޚަބަރު

ރަޝީދުގެ ހަށިގަނޑު ހަވާލު ނުކުރުމުން އާއިލާއިން އެންމެފަހުން ކޯޓަށް ހިނގައްޖެ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވީ ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާއާއި ހަވާލު ނުކުރުމުން އޭނާގެ އައިލާއިން އެންމެ ފަހުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. މިއީ ބެލެވޭ ގޮތުގައި މި ފަދަ މައްސަލައެއް ރާއްޖޭގައި ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ޢަބްދުﷲ ރަޝީދުގެ އާއިލާގެ ފަރާތުން ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މި މައްސަލައިގައި ކޯޓުން އަދި ވަކި ގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެއެވެ.

ޢަބްދުﷲ ނިޔާވީ ހުވަދު އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި އޭޏާ ހައްޔަރުކުރިތާ ގިނަ އިރުތަކެއް ނުވަނީހެވެ. ނިޔާވުމުން އޭނާގެ ހަށިގަނޑު މާލެ ގެނެސް މިހާރު އޮތީ ގަލޮޅު ސަހަރާ މޯޗަރީގައެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައިއްސުރެ އާއިލާއިން ތަކުރާރުކޮށް އެދެމުން އައީ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށެވެ. އެހެންނަމަވެސް ފުލުހުންނާ މެދު އެ މަރާ ގުޅޭ ބޮޑު ތުހުމަތެއް ކުރެވެމުންދާއިރު، އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

މަރުގެ ސަބަބު ދެނެގަތުމަށް ކުރާ ޓެސްޓް ކަމަށްވާ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް އެންއައިސީންވަނީ ބުނެފައެވެ. އާއިލާއިން އަންނަނީ ޕޯސްޓް މޯޓަމް ހެދުމާ ދެކޮޅު ހަދަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close