ޚަބަރު

ކޮވިޑްގެ ނުރައްކާއަދިވެސް ރާއްޖޭގައި ކުޑައެއްނުވެ، މިހާތަނަށްވަނީ 6 ވޭރިއަންޓެއް ފެނިފައި

ކޮވިޑްގެ ނުރައްކާއަދިވެސް ރާއްޖޭގައި ކުޑައެއްނުވާކަމަށާއި، މިހާތަނަށްވަނީ ތަފާތު 6 ވޭރިއަންޓެއް ރާއްޖެއިން ފެނިފައި ކަމުގައި އެޗްއީއޯސިން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ކޮވިޑްގެ ހަ ވޭރިއަންޓެއް ފެނިފައިވާ ކަމަށާއި، އޭގެތެރެއިން ފޮނުވި ގިނަ ޕޮސިޓިވް ސާމްޕަލްތަކަކީ އިނގިރޭސިވިލާތުގެ ވޭރިއަންޓާއި އިންޑިއާގެ ވޭރިއަންޓު ކަމަށެވެ. އެއީ އަލްފާއާއި ޑެލްޓާ ވޭރިއެންޓް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19 ގެ އާ ވޭރިއަންޓުތައް ފެތުރެން ފެށުމާއި އެކު ރާއްޖެއިން ވަނީ އެކި ސަރަހައްދުތަކުން ސާމްޕަލް ނަގައި ރާއްޖެއިން ބޭރަށް ޓެސްޓު ކުރަން ފޮނުވާފައި ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ ވޭރިއަންޓާއި އިންޑިއާގެ ވޭރިއަންޓުގެ އިތުރުން އިތުރު ހަތަރު ވައްތަރެއްގެ ވޭރިއެންޓްތަކަށް ބައެއް ފަރާތްތަކުން ޕޮޒިޓިވްވެފައިވާކަން އެޗްއީއޯސީ މިއަދު ހާމަކުުރި ގްރާފުން ދައްކައެވެ.

ނަޒްލާ ވިދާޅުވީ، ޑެލްޓާ އަދި އަލްފާ ވޭރިއެންޓްގެ އިތުރުން ޖީ ވޭރިއެންޓް ވެސް ރާއްޖޭގައި އުޅޭ ކަމަށާއި މީގެ ކުރިން ފޮނުވާފައިވާ ގިނަ ސުންކުތައް ޕޮޒިޓިވްވެފައިވަނީ މި ވޭރިއެންޓަށް ކަމަށެވެ. އަދި ބޭރަށް ފޮނުވި ސާމްޕަލްތަކުގެ 27 ޕަސެންޓް ހިއްސާކުރަނީ އިންޑިއާ ވޭރިއަންޓް ކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ އެކި ވޭރިއެންޓްތައް މިވަގުތު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނައިރު، މި ވޭރިއެންޓްގެ ސަބަބުން ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވާކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close