ޚަބަރު ސިޔާސީ ޕާޓީ ޑީއާރުޕީ އުވާލަން ނިންމައިފި

ސިޔާސީ ޕާޓީ ޑީއާރުޕީ އުވާލަން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ އެއް ޕާޓީ ކަމަށްވާ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ޑީއާރްޕީން އުވާލަން ނިންމީ 3،000 މެމްބަރުން ހަމަކުރަން ދިން ތިން މަސް ދުވަހުގެ ތެރޭގައި ވެސް އެ އަދަދަށް އެ ޕާޓީ އަށް މެމްބަރުން ހަމަނުކުރެވުމުންނެވެ.

މިއީ މިއަހަރުތެރޭ އީސީން އުވާލަން ނިންމި ދެވަނަ ޕާޓީ އެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އީސީން ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުކުރެވުމުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ ވެސް އުވާލާފަ އެވެ.

ޑީއާރްޕީ އަކީ ރާއްޖޭގައި ދެވަނަ އަށް ރަޖިސްޓްރީ ކުރި ޕާޓީ އެވެ. އެ ޕާޓީ އުފެއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށްވާއިރު އެމަނިކުފާނު އެ ޕާޓީއާ ފެއަށް ޖެހިވަޑައިގެންނެވުމުން ފަހުން އެ ޕާޓީގެ ރައީސްކަން ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އަހްމަދު ތަސްމީން އަލީ އެވެ.

ޑީއާރުޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެކަން މީގެކުރިން އިއުލާންކުރައްވާފަ އެވެ.

ޓެގް

ޑީއާރުޕީ ޖާބިރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.