ޚަބަރު

އިއްޔެ ހައްޔަރު ކުރި އަރުޝަދު މިއަދު އަނެއްކާވެސް ދޫކޮށްލައިފި

ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު އިއްޔެ ހައްޔަރު ކުރިނަމަވެސް މިއަދު އަނެއްކާވެސް ދޫކޮށްލައިފި އެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަރުޝަދު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ފުލުހުން މިއަދު ބުނީ އަރުޝަދު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އަރްޝަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިތުރު ބަޔަކާ ބައިވެރިވެގެން ރާއްޖެއަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ، ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، ފަހުން އަނެއްކާވެސް ހައްޔަރު ކުރި މީހެކެވެ.

ސްރީލަންކާއިން ރާއްޖެއަށް އައި އަރުޝަދު ބަންދުގައި ބެހެއްޓުމަށްފަހު ފުލުހުން މި މަހުގެ 12 ވަނަ ދުވަހުގެރޭ އޭނާ ދޫކޮށްލީ ހައިކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރެފައިވަނިކޮށެވެ. ހައިކޯޓުން ވަނީ އަރުޝަދުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި އޭނާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ އިތުރު ލިޔުމެއް އޮތް ނަމަ އެ ލިޔުމެއްވެސް ހިފެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އަރުޝަދު އަލުން ހައްޔަރުކުރީ އޭނާ ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވަނިކޮށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close